އުރީދޫ އިން "މަގޭ ޕަވަރ ޕެކް" ތަޢާރަފްކޮށްފި - ހަމަ ސަޅީ އެނގޭ

އުރީދޫ މޯލްޑިވްސް އިން "މަގޭ ޕަވަރ ޕެކް" ތަޢާރަފްކޮށްފިއެވެ.

އެކުންފުނިން ބުނީ މިއީ ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް ތަޢާރަފްކުރި ޕެކެއް ކަމަށާއި މަގޭ ޕަވަރ ޕެކް ގެ ދެ ޑާޓާ ޕެކެއް ތަޢާރަފްކޮށްފައިވާ ކަމަށެވެ.

އެގޮތުން އުރީދޫގެ އައު ސްލޯގަން، “އަޕްގްރޭޑް ޔޯ ވޯލްޑް” ޝިއާރުގެ ދަށުން އަލަށް ތައާރަފްކުރި މި ދެ ޕެކަކީ މަގޭ ޕަވަރ ޕެކް 50 އަދި މަގޭ ޕަވަރ ޕެކް 500 އެވެ.

މަގޭ ޕަވަރ ޕެކް 50 އަކީ ހަމަ އެންމެ 50 ރުފިޔާއަށް 10 ޖީބީ ލިބޭ ޑާޓާ ޕެކެކެވެ. ފަސޭހަކަމާއެކު އުރީދޫ އެޕް އިން އެކްޓިވޭޓް ކޮށްލެވޭ މި ޕެކްގައި އެއް ދުވަހުގެ މުއްދަތަށް 10 ޖީބީ ލިބޭނެއެވެ.

މަގޭ ޕަވަރ ޕެކް 500 އަކީ ހަމަ އެންމެ 500 ރުފިޔާއަށް މުޅި މަސް ދުވަހު ބޭނުން ކުރެވޭނޭހެން 50 ޖީބީ ލިބިގެންދާ ޑާޓާ ޕެކްވެސް އުރީދޫ އެޕް އިން ފަސޭހަ ކަމާއެކު އެކްޓިވޭޓް ކުރެވޭނެއެވެ.

އުރީދޫއިން ބުނީ މަގޭ ޕަވަރ ޕެކްސް ތަކަކީ އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ދުވަހުގެ އަދި މަސް ދުވަހުގެ ޑާޓާ ފަސޭހަކަމާއެކު އޭގެ އެންމެ ފުރިހަމަ ކަމާއެކު ލިއްބައިދޭނެ ދެ އެޑޮން ޕެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.