ޅައިމަގު ބަނދަރު ތަރައްގީކުރުން: 54 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 54 ޕަސެންޓް ނިމި، އެއްގަމުތޮށި ލުމަށްބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ 70 ޕަސެންޓް ވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާ 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލާނެ ކަމަށެވެ. އަދި 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާ 1380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ މި މަޝްރޫޢަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.