ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި - ޕޯސްޓްމޯޓަމް ހަދާނީ މާދަމާ

އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޝިއާއުގެ ހަށިގަނޑު ފެނުނީ ހ. ޝީރީން ވިލާ ގޭގެ ނުވަ ވަނަ  ފަންގިފިލާއިންނެވެ.

މި މައްސަލައިގާ ޝާހިލް ވަނީ  ކުށުގެ ވެށިން ހައްޔަރުކޮށްފައެވެ. އަދި ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ޝިއާއުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވަނީ މާދަމާކަަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޝިއާއުގެ ޕޯސްޓްމޯޓަމް ހަދަން ނިންމީ އޭނާ މަރުވި އަސްލު ސަބަބު ދެނެގަތުމަށް ޓަކައި ކަމަށް މީގެ ކުރިން ފުލުހުން ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.