ތާޒާ ބްރޭންޑުގެ ތިމާވެއްޓާ ރައްޓެހި އައު އުފެއްދުން ތައާރަފް ކޮށްފި

ތާޒާ ބްރޭންޑުގެ ތިމާވެއްޓާ ރައްޓެހި އައު އުފެއްދުން ތައާރަފް ކޮށްފިއެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް އިން އުފައްދާ މި އުފެއްދުން ތައާރަފްކޮށްފައިވަނީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާ އާއި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ ޗެއަރމަން ހަސަން ޝާހު އާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އަންވަރެވެ.

އެ ކުންފުންޏަށް 20 އަހަރު ފުރުމާ ދިމާކޮށް ފެށި "ތާޒާ ވެށި" ކެމްޕޭނުގެ ދަށުން ފްލާސްޓިކް ނޫން ގޮތެއް ހޯދުމަށް އުފެއްދި  މި އުފެއްދުންތައް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ މި ކެމްޕޭނަކީ އެއްފަހަރު ބޭނުންކޮށްފައި އުލާކާ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް އެ ފަދަ ޕްލާސްޓިކާއި ދުރަށް ދިއުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމަކުން މިފަދަ ކަންކަމުގައި އިސްނެގުމަކީ ދުނިޔެއަށް ނަމޫނާއެއް ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ތާޒާގެ  މި އާ އުފެއްދުންތައް ރާއްޖޭގެ ބާޒާރުން ލިބެން ހުންނާނީ މިމަހުގެ 15 އިން ފެށިގެން ކަމަށާއި، އޭގެ ފަހުން އޯޑަރު ދެއްވުމުންވެސް ބިއްލޫރި ފުޅީގައި ބަންދުކުރާ ފެން ބޭނުންވާ ފަރާތްތަކަށް ސަޕްލައި ކޮށްދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަންވަރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.