"ނިއު ލައިން" ބޯޓު ފަރަށް އަރައިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެނީ

ފަރަށް އެރި މުދާ އުފުލާ ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ 16 މީހުންނާއެކު މާލެއިން ފުރައިގެން އައްޑޫއަށް ދަތުރުކުރަމުންދިޔަ "ނިއުލައިން" ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ. އަދި މި ބޯޓު އަރާފައިވަނީ ލ. މާމެންދޫގެ އުތުރުފަރާތު ފަރަށް ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށް ލިބުނީ ރޭ 03:25 ހާއިރު ކަމަށާއި ބޯޓުގައި ހުރި މުދާތައް ލ. މާމެންދުއަށް ބޭލުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 08:15 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންނެވެ.

އެމްއެންޑީއެފް އިން ބުނީ މި މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ހުރިހާ ކޮމްޕޯނަންޓުތަކެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

ފަރަށް އެރި މުދާ އުފުލާ ބޯޓު ފުންކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ބޯޓުގައި ހުރި ހުރިހާ މުދަލެއް ބޭލުމަށްފަހު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.