އެޗްޑީސީގެ ޗެއާމަނަކަށް ޝާހިދު ހަމަޖައްސައިފި

އެޗްޑީސީގެ ޗެއާމަން ޝާހިދު. ފޮޓޯ ސަން އޮންލައިން

ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ ) ގެ ޗެއާމަނަކަށް މުޙަންމަދު ޝާހިދު ހަމަޖައްސައިފިއެވެ.

އެޗްޑީސީގެ ޗެއާމަން ކަމަށް ހަމަޖެއްސެވުމުގެ ކުރިން ޝާހިދު ހުންނެވީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. ނަމަވެސް ޝާހިދު ވަނީ މީގެކުރިންވެސް ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެޗްޑީސީގެ ބަޔެއް އިސްމަގާމުތައް އަދާކުރައްވާފައެވެ.

އެޗްޑީސީގެ ޗެއާމަން ކަމަށް ޝާހިދު ހަމަޖެއްސެވީ އެތަނުގެ ޗެއާމަން ކަމުގައި ކުރިން ހުންނެވި ފުއާދު ގާސިމް އެމަގާމުން ވަކިކުރެއްވުމަށް ފަހުއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.