ގާނޫނު ހަދާ މަޖިލިސް ގޭތެރެ މުޑުދާރުވެގެންދާއިރު، ރައްޔިތުން ހިމޭނުން ތިބެންވީތޯ: ކުރީގެ މެމްބަރު ރަޝީދު

ގާނޫނު ހަދާ މަޖިލިސް ގޭތެރެ މުޑުދާރުވެގެންދާއިރު، ހަމަ ރައްޔިތުން ހިމޭނުން ތިބެންވީތޯ ސުވާލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ރަޝީދު ކަންބޮޑުވުން ފާލުކުރައްވައިފިއެވެ.

އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ރަޝީދު ވިދާޅުވެފައިވަނީ ގައުމު ހާލަތު މިހާ ހިސާބަށް ދާއިރުވެސް ގައުމުގެ ވަލިއްޔުލް އަމްރު ހުންނެވީ ހަނު ކަމަށެވެ.

"ޓީޗަރުން، މުދިމުން، މުއައްސަސާތަކުގެ ވެރިން، އަމަން ބަލަހައްޓަން ތިބި ފަރާތްތައް، ގާނޫނު ހަދާ މަޖިލިސް ގޭތެރެ މުޑުދާރުވެގެންދާއިރު، ހަމަ ރައްޔިތުން ހިމޭނުން ތިބެންވީތޯ؟" ރަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އޭނާ މިފަދައިން ވިދާޅުވެ ޓްވީޓު ކުރައްވާފައިވާއިރު، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރް އާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ މީހުންގެ ވީޑިއޯތައް ދޭތެރެދޭތެރެއިން ދަނީ ސޯޝަލް މީޑިއާ ގައި އާންމުވަމުންނެވެ.

އެގޮތުން އެންމެފަހުން ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ރާފިއު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާކަމަށް ބެލެވޭ ވީޑިއޯއެއް މިއަދު ވަނީ ޢާންމުވެފައެވެ.

އެ މައްސަލައިގާ ރާފިއު މިހާރުވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މީގެ އިތުރުން އަލަމްގީރާއެކު، ގްރޫޕް ހަދައިގެން އެއް ޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި މުދިމަކު ވެސް ސަސްޕެންޑު ކޮށްފައެވެ.

އަލަމްގީރު ކައިރިއަށް ދިޔަ މީހުންގެ އަދަދު 250 އަށް އަރާކަމަށް މައުލޫމާތު ލިބޭއިރު، އޭގެ ތެރޭގައި ޓީޗަރުންނާއި ކަސްޓަމްސް އޮފިސަރުންނާއި ސިފައިން އަދި ފުލުހުންނާއި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ވެސް ހިމެނެއެވެ. އަދި ގާނޫނީ ވަކީލަކާއި މަޖިލީގެ ކުރީގެ މެމްބަރެއް ވެސް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.