ރައީސް ނަޝީދު، ރައީސް ސާލިހަށް ކުރައްވާ ތުހުމަތު ތަހުގީގު ކުރުމަށް ޕީޕީއެމް އިން ގޮވާލައިފި

ރައީސް ސާލިހު އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މަންޒަރު ފެންނަ ފޮޓޯތަކެއް ހުރިތޯ ބަލާ ތަހުގީގު ހިންގުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޒިނޭ ކުރާ މަންޒަރު ހުރި ފޮޓޯތަކެއް ހުރި ކަމަށް މަޖިލިސް ރައީސް ވިދާޅުވާ، ވިދާޅުވުން ތަޙުޤީޤު ކުރުމަށް ގޮވާލާ ކަމަށެވެ.

ރައީސް ނަޝީދު އެ ވިދާޅުވާ ވާހަކައިގެ ޙަޤީޤަތް ހޯދާ އެކަމުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކުރުމަށް ވެސް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ. އަދި އެ މައްސަލައިގެ ތެދު ދޮގު ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާނެތީ، އެމައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް މިހާރުން މިހާރަށް ހިންގުމަށް ދައުލަތުގެ މުއައްސަސާތަކަށް ޚާއްޞަކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެޕާޓީން ގޮވާލާފައިވެއެވެ.

"އެ މައްސަލައިގެ ތަޙީޤީޤަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާ ތަޙުޤީޤަކަށް ހެދުމަށްޓަކައި، ވަގުތީ ގޮތުންނަމަވެސް ތަޙުޤީޤު ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ވެސް މަޤާމުން އެކަހެރިވުމަށް ވެސް ގޮވާލަމެވެ." ޕީޕީއެމް ގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިވަރުގެ ބޮޑު ތުހުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ވެރިއަކު ކުރެއްވުމަކީ ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ވަގުތެއް ނޫން ކަމަށެވެ. އަދި މިކަމުން ބަރީއަވުމަށްޓަކައި ފުރިހަމަ މިނިވަން ތަޙުޤީޤަކަށް ފުރުޞަތު ދެއްވުން އެދޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހަމައެއާއެކު، އަދީބުގެ އަތުން ކަޅު ދަބަސް ގެންދިޔަ މައްސަލަ އޮއްބާލިގޮތަށް މި މައްސަލަ އޮއްބާ ނުލުމަކީ ދިވެހި ރައްޔިތުންގެ އާދޭހެއް ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.