ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ބަންދަށް ހަތް ދުވަސް މިއަދު ޖަހައިފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އަލަމްގިރް އާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި އއ. އަތޮޅު ރިސޯޓެއްގައި ހުއްޓައި ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 45 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އއ. ރަސްދޫ ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމުގެ އަމުރު ދީފައިވާ ކަމަށެވެ.
އޭނާ ބަންދުކޮށްފައި ހުރީ ރަސްދޫ ޕޮލިސް ސްޓޭޝަންގައެވެ.
މި މައްސަލައިގައި ނާޒިމްގެ ޕާސްޕޯޓު މިދިޔަ މަހު ފަހުކޮޅު ވަނީ ހިފަހައްޓާފައެވެ.
މި މައްސަލައިގަ ހައްޔަރު ކޮށްފައިވާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ ބަންދުގެ މުއްދަތު ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގަ ދެން ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެ ތެރެއިން 35 އަހަރުގެ އަބްދުއްރަހުމާން ރަފީއުއަކީ ފުލުހެކެވެ. 28 އަހަރުގެ މީހާ އަކީ ނޫސްވެރިޔާ އިބްރާހިމް ނަސީރެވެ.
އަލަމްގީރާއެކު އެއްޖިންސުން އެތައް ބަޔަކު ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާއިރު ފުލުހުން ބުނީ މީހުން ހައްޔަރުކުރަން ފެށީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކަމަށެވެ.