ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިނިވަން ދުވަހު ޚާއްސަ ހަދިޔާއެއް!

ރާއްޖޭގެ 57 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ޑޭޓާ އެޑް-އޮން އެންމެ 125 ރުފިޔާ އަށް ނެގޭނެއެވެ.

ދިރާގު ޕްރީޕެއިޑް ގެ ކޮންމެ ޕްލޭނަކަށް ސަބްސްކްރައިބް ކުރައްވާފައިވާ ފަރާތަކަށްވެސް މިނިވަންދުވަހުގެ މި ޚާއްސަ އެޑް-އޮން އަށް  އެޕްލައި ކުރެވޭނެއެވެ. މީގެ ތެރޭގައި މަމެން، ސަޅި ޕްރީޕެއިޑް، އަމަރް ޕްރީޕެއިޑް އަދި ހެލޯ ޕްރީޕެއިޑް ޕްލޭންގެ ކަސްޓަމަރުންވެސް ހިމެނެއެވެ.

މި އޮފާރ ކުރިއަށް ދާނީ  26 އިން 31 ޖުލައި 2022 ގެ ނިޔަލަށް 5 ދުވަހުގެ މުއްދަތަކަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މި ހުޅުވާލި ޚާއްސަ ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑްގެ ކޮންމެ ޕްލޭނަކަށް ސަބްސްކްރައިބްކޮށްފައިވާ ފަރާތަކަށްވެސް މި އެޑް-އޮން އަށް އެޕްލައިކުރެވޭނެއެވެ. މީގެ ތެރޭގައި މަމެން، ސަޅި ޕްރީޕެއިޑް، އަމަރް ޕްރީޕެއިޑް އަދި ހެލޯ ޕްރީޕެއިޑް ޕްލޭންގެ ކަސްޓަމަރުންވެސް ހިމެނެއެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް  https://bit.ly/Dhiraagu-App   ފަސޭހަކަމާއިއެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެއެވެ. ނުވަތަ 343 އަށް‘Data125’  އަށް އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑް-އޮން ނެގޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.