ސަރުކާރުގެ ސްކޫލްތަކުގައި ކެމެރާ ހަރުކުރަނީ

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ސަރުކާރުން ހިންގާ ސްކޫލްތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްގެން ސްކޫލްތެރޭގައްޔާއި ކްލާސްތެރޭގައި ހިނގަމުންދާ ހަރަކާތްތައް ބަލަންފަށައިފިއެވެ.

ދިއްލީގެ ޗީފް މިނިސްޓަރ އަރުވިންދު ކެޖްރިވާލް ވިދާޅުވި ގޮތުގައި ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ އެވެ.

ޗީފް މިނިސްޓަރ އަރުވިންދު ވިދާޅުވި ގޮތުގައި ސަރުކާރުން މިއަޅާ ފިޔަވަޅުގެ ސަބަބުން ސަރުކާރުގެ ތައުލީމީ ނިޒާމުގެ ދެފުށް ފެނުމުގެ އިތުރަށް ޖަވާބުދާރީ ކުރުވުމަށް މަގުފަވެގެން ދާނެއެވެ.

"ސްކޫލްތަކުގައި ކެމެރާ ހަރު ކުރުމުން ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ވެސް ބޮޑުވެގެންދާނެ." ޗީފް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރ މަހު ވަނީ އިންޑިއާގެ ސްކޫލެއްގެ ފާޚާނާތެރޭގައި ދަރިވަރަކަށް ހަމަލާދީ ކަރުބުރިކޮށްލާފައެވެ. އެ ހިތާމަވެރި ހާދިސާހިނގިތާ ކުޑަދުވަސްކޮޅެއްފަހުން އެހެން ސްކޫލެއްގައި އުމުރުން 5 އަހަރުގެ ކުއްޖަކު ވަނީ ރޭޕްކޮށްފައެވެ.

ސަރުކާރު ސްކޫލްތަކުގައި ކެމެރާ ހަރުކުރުމަށް ކުރަމުންދާ މަސައްކަތަށް ތާއިދުކޮށް ބައެއް ބެލެނިވެރިން ވާހަކަދައްކަމުންދާއިރު އަނެއްބަޔަކު ދަނީ އެކަމަށް ފާޑުކިޔައި ނުރުހުންފާޅުކުރަމުންނެވެ.

ސްކޫލްތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް ބޭނުން ކުރަން ފެށުމުން ބެލެނިވެރިންނަށް މޯބައިލް ފޯނު އެޕްގެ ޒަރީޢާއިން ދަރިވަރުން އުޅޭނޫޅޭގޮތް ވަގުތުން ބެލޭނެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.