ދުނިޔޭގެ އެންމެ ހިތްގައިމު ތަރިއަކަށް އިންޑިއާގެ ރިތިކް ރޯޝަން

"ވޯލްޑްސް ޓޮޕް މޮސްޓް ޑޮޓްކޮމް" އިން ބޭއްވި އޮންލައިން ޚިޔާލު ހޯދުމުގެ ނަތީޖާއަކުން 2018 ވަނަ އަހަރު ދުނިޔޭގެ އެންމެ ހިތްގައިމު ފިލްމީ ތަރިއަކަށް ބޮލީވުޑްގެ މަޝްހޫރު ފިލްމް ސްޓާރ ރިތިކް ރޯޝަން ހޮވިއްޖެއެވެ.

މުޅިދުނިޔެއަށް މަޝްހޫރު 10 ފިލްމީ ތަރިންގެ މެދުގައި ބޭއްވި މުބާރާތުން ރިތިކް އެއްވަނައަށް ދިޔަ އިރު ދެވަނަ އަށް ހޮވުނީ ހޮލީވުޑްގެ ތަރި ރޮބަޓް ޕެޓިންސަން އެވެ. ތިންވަނަ އާއި ހަތަރުވަނައަށް ހޮލީވުޑްގެ ގޯޑްފްރޭ ގާއު އާއި ކްރިސް އިވަން ހޮވުނު އިރު ސަލްމާން ޚާން ހޮވުނީ 5 ވަނައަށެވެ.

އުމުރުން 44 އަހަރުގެ ރިތިކް ވަނީ އޭޝިއާގެ އެންމެ ހަށިހެއު 50 ފިރިހެނުންގެ ތެރޭގައި ވެސް 2011-2012 ވަނަ އަހަރު ހިމެނިފައިވެއެވެ.

އެންމެ ރީތި ފިލްމީ މޫނެއް ހޮވުމަށް ބޭއްވި ޚިޔާލު ހޯދުމުގެ މުބާރާތުން ރިތިކްއަށް 2016 ވަނަ އަހަރު ތިންވަނަ ލިބިފައިވެއެވެ.

ލޯބީގެ ފިލްމްތަކުގެ އިތުރަށް ތަޅައިފޮޅާ ފިލްމްތައް ވެސް ކުޅޭ ރިތިކަކީ އިންޑިއާގެ އެތައްމިލިއަންބައެއްގެ ލޯބި ހޯދައިފާ ތަރިއެކެވެ. އެކަމަކު އޭނާގެ އަންހެނުން ވަނީ ކޯޓަށް ގޮސް އޭނާގެ ގާތުން ވަރިވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.