ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުން މާޒް އަޙްމަދު ސަލީމް ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލީމް މަގާމުން ވަކިކުރީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް ސަލީމް މަގާމުން ވަކިކުރި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ޖުމްހޫރީ ޕާޓީގައި ހުންނަވައިގެން ޑެޕިއުޓީ މިނިސްޓަރު ކަމަށް ވަޑައިގަތްނަމަވެސް ސަރުކާރު ކޯލިޝަނުން ޖޭޕީ ވަކިވިތަނާ ސަލީމް ވަނީ ރައީސް ޔާމީންއަށް ތާއީދު ކުރަން ފަށާފައެވެ. އަދި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއެކު ރައީސް ރައީސް ޔާމީންގެ ކެމްޕޭން ތަކުގައިވެސް ބައިވެރި ވަމުން އައެވެ.
ހޯމް މިނިސްޓަރު ކަމުން ވަކިވެވަޑައިގެންނެވި އުމަރު ނަސީރާއެކު ގާތްގުޅުން ތަކެއް ކުރިން އޮތްނަމަވެސް އުމަރު މިނިސްޓަރު ކަމުން ވަކިވެވަޑައިގެންނެވި ފަހުން ސަލީމް އާއި އުމަރު އެކަނި ރަސްމީ އެއްވެސް ކަމެއްގައި ފެނިފައިނުވެއެވެ.