ރޮނާލްޑޯ ނުވިއްކާނަން: އެރިކް ޓެން

ކްރިސްޓިޔާނޯ ރޮނާލްޑޯއަކީ ޔުނައިޓެޑް ވިއްކާނެ ކުޅުންތެރިޔެއް ނޫންކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ އާ މެނޭޖަރ އެރިކް ޓެން ހާގް ބުނެފިއެވެ.

ޓެން ހާގް ބުނާގޮތުން ރޮނާލްޑޯ އޭނާގެ ސްކޮޑްގައި މި ވަގުތު ރޮނާލްޑޯ ނެތީ ރޮނަލްޑޯގެ އަމިއްލަ ސަބަބުތަކާ ހުރެއެވެ. ރޮނަލްޑޯ ހިމަނައިގެން މި ސީޒަންގެ ޕްލޭންތައް ކުރިއަށް ގެންދާ ކަމަށްވެސް ޓެން ހާގް ބުންޏެވެ.

ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްފައި ދާން ބޭނުންވާ ކަމަށް ޚަބަރު ފެތުރިގެން ދިއުމުގެ ކުރިން ޓެން ހާގް ރޮނާލްޑޯއާ ވާހަކަ ދެއްކިއިރު ކްލަބް ދޫކޮށްފައި ދާ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ޓެން ހާގް ބުންޏެވެ. ރޮނާލްޑޯ އާއި ޓެން ހާގާ ދެ މީހުންވެސް ބޭނުން ވަނީ ކާމިޔާބީކަމަށާއި ދެ މީހުން އެކީގައި މަސައްކަތްކުރެވޭނެ ކަމަށް އުއްމީދުކުރާ ވާހަކަވެސް އޭނާ ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.