ޕޯލް ޕޮގްބާ ޔުވެންޓުސްއަށް ސޮއިކޮށްފި

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ޕޯލް ޕޮގްބާ ޔުވެންޓުސްއަށް ހިލޭ ސޮއިކޮށްފިއެވެ.

ޕޮގްބާ ޔުނައިޓެޑްއަށް ކުޅުނު 6 އަހަރުގެ ތެރޭގައި 226 މެޗުން 39 ގޯލް ޖަހައި އިޔުރޮޕާ ލީގް އަދި ކަރަބާއޯ ކަޕް ހޯދައި ދީފައެވެ. ނަމަވެސް 6 އަހަރުގެ ތެރޭގައި ޕޮގްބާއާއި ޔުނައިޓެޑްގެ ގިނަ މެނޭޖަރުންނާ ދެމެދު ހަމަނުޖެހުން އުފެދި ދެބަސްވުމުން ޔުނައިޓެޑްގެ ސަޕޯޓަރުން އަދި މެނޭޖަރުންގެ އުންމީދުތައް ފުރިހަމައެއް ނުކުރެވުނެވެ.

ޕޮގްބާ ޔުނައިޓެޑާ އޮތް ކޮންޓްރެކްޓު 1 ޖުލައިގައި ހަމަވުމުން ޕޮގްބާވީ ހިލޭ ކުޅުންތެރިޔަކަށެވެ. ޕޮގްބާއަކީ މީގެ 6 އަހަރު ކުރިން ޔުވެންޓަސްގެ ކުޅުންތެރިއެކެވެ. ޔުނައިޓެޑުން އޭނާ ގަތީ 100 މިލިއަން ޔޫރޯއަށެވެ. އެހެންވުމުން މިއަދު ޕޮގްބާ ވަނީ ޔުވެންޓުސްއާއެކު އާ ކޮންޓްރެކްޓެއްގައި ސޮއި ކޮށްގެން 2 ވަނަ ފަހަރަށް ޔުވެންޓަސްގެ ކުޅުންތެރިޔަކަށް ވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.