ގައިގެ ހަނގަނޑު ރީތި ވެފައި އޮމާން ވުމަކީ މީހާގެ ރީތިކަން އިތުރު ކޮށްދޭ ކަމެކެވެ. އަވަދި ނެތި މަސައްކަތުގައި އުޅެމުން ކޮންމެ ފަހަރަކު ސެލޫނަކަށް ދިއުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ހަނގަނޑު ރީތިކޮށް ބެހެެއްޓުމަށް ގޭގައި އަމިއްލައަށް ވެސް ފަރުވާ ކުރެވިދާނެއެވެ.
ދިރިއުޅުމުގެ އާދަތަކާއި ވައްޓަފާޅީންވެސް ހަންގަނޑަށް ނޭދެވޭ އަސަރު ކޮށްފާނެއެވެ. ހަމައަށް ނިދި ނުލިބުމާއި، ސްޓްރެސް ވުމާއި، އަވީގައ އުޅެން ޖެހުމަކީ ވެސް ގަައިގެ ހަމުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ފޯރާ ކަންކަމެވެ. ހަމުގެ ރީތިކަން ދެމެހެއްޓުމަށް ނުވަތަ ހަމަށް ދިމާވާ މައްސަލަތަކަށް ޚާއްޞަ ގިނަ ބާވަތްތައްް ބާޒާރުގައި ލިބެން ހުރެއެވެ. ނަމަވެސް ބަޒާރުން ލިބެން ހުންނަ ތަކެއތީގެ ބަދަލުގައި ގެވެށި ފަރުވާ އިން ހަންގަނޑަށް ދިމާވާ މައްސަލަތައް ހައްލު ކުރެވިދާނެއެވެ. ގޭގައި ހަމަށް ދެވިދާނެ ފަރުވާ ތައް ވަރަށް ގިނައެވެ.
1. ލުނބޯ
ސާފު ހަންގަނޑެއް ބޭނުން ނަމަ ބޭނުން ކުރާން އެންމެ ރަނގަޅު ބާވަަތަކީ ލުނބޮއެވެ. ލުނބޯގައި ހުންނަ ސިޓްރިކް އެސިޑަކީ ހަމުގައި މަރުވެފައި ހުންނަ ސެލްތައް ނައްތާލުމަށް އެހީވެދޭ ބާވަތެކެވެ. އަދި ލުނބޯގައި ހުންނަ ވިޓަމިން ސީ އިން ހަމުގައި އުފެދިފައި ހުންނަ ކަޅު ލައްތައް ފިލުވައި އާ ސެލް ތައް އުފައްދާން އެހީތެރިވެދެއެވެ. ލުނބޯގައި ހުންނަ ހަމުގެ ކުލަ އަލިކޮށްދޭ ބާވަތުން ހަމުގެ ކުލަ އަލިކޮށްދީ ހަންގަނޑަށް ދިރުން ގެނެސްދެއެވެ.
- ކަރާއި މޫނުގައި ލުނބޯ ހުތް އުގުޅުމަށް ފަހު 10 ވަރަކަށް މިނިޓަށް ބެހެއްޓުމަށް ފަހު ތާފަނާ ފެނުން ދޮވެލާށެވެ. އެއަށްފަހު ކިއުކަންބާ ފޮއްޗެއް ކަރާއި މޫނުގައި އުނގުޅާލާށެވެ. ހަންގަނޑު މަޑުކޮށް ހަންގަނޑަށް ތެތްކަން ގެނެސްދޭނެއެވެ. ކޮންމެ ދުވަހަކު ނުވަތ ދެ ދުވަހުން އެއް ދުވަހު ތަކުރާރު ކުރާށެވެ. ވަރަށް އަވަހަށް ނަތީޖާ ފެންނާނެއެވެ.
- އަނެއް ގޮތަކީ އެއް ސަމުސާ ނުވަތަ ދެ ސަމުސާ މާމުއިގެ ތެރެއަށް ލުނބޯ ފަޅިއެއްގެ ހުތް ފެލައި ރަނގަޅަށް އެއްކުރުމަށް ފަހު މޫނުގައި އުނގުޅުމެވެ. 15 މިނިޓް ނުވަތަ 20 މިނިޓް ވާންދެން ބެހެއްޓުމަށް ފަހު ރަނގަޅަށް ދޮވެލާށެވެ.
- ހަމުގައި އުފެދިފައި ހުންނަ މަރުވެފައިވާ ސެލްތައް ނައްތާލައި މޫނު ސާފު ކުރުމަށް ދެ ސަމުސާ ހަކުރާއި ދެ ސަމުސާ ލުނބޯ ހުތް ރަނގަޅަށް އެއްކުރުމަށް ފަހު މޫނާއި ކަރާއި އަތުގައި އުނގުޅާށެވެ. ވަށް ބުރަށްވާ ގޮތަށް އުނގުޅައި 10 ވަރަކަށް މިނިޓަށް ބެހެއްްްްްްޓުމަށް ފަހު ތާފަނާ ފެނުން ދޮވެލާށެވެ. މިއީ ހަފުތާއަކު އެއް ފަހަރު ދެވިދާނެ ފަރުވާ އެކެވެ. މި ފަރުވާ އިންވެސް ހަމަށް އަންނަ ބަދަލު ވަރަށް އަވަހަށް ފާހަގަ ކުރެވޭނެއެވެ.
2. ރީނދޫ
ރީނދުލަކީ ޖަރާސީމު ފަދަ އެއްޗެހީން ހަންގަނޑު ރައްކާތެރިކޮށް ދިނުމުގެ އިތުރަށް ހަމުގެ ކުލަ އަލިކޮށްދޭ ބާވަތެކެވެ. ހަމުގައި ހުންނަ ލަތާއި ލަކުނު ފިލުވައިދިނުމަށް އެހީތެރިވެދޭ ބާވަތެއްވެސްމެއެވެ. އަދި ހަމުގެ ދިރުން ނަގައިލާ ފަދަ ހަމަށް ޖެހޭ ބަލިތަކުން ރައްކާތެރިކޮށްދީ ހަމަށް ދިރުން ގެނެސްދޭ ބާވަތެއްވެސް މެއެވެ.
- އެއް ސައި ސަމުސާ ރީނދުލުގެ ތެރެއަށް އަލަނާސި ޖޫސް ފޮދެއް އަޅައި ޕޭސްޓް ހަދާށެވެ. އަދި ކަރާއި މޫނުގައި އުނގުޅުމަށްފަހު ޕޭސްޓް ރަނގަޅަށް ހިކެންދެން ބަހައްޓާށެވެ. އެއަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ. ލަކުނާއި ލައް ފިލުވުމަށް މި ފަރުވާ ހަފްތާއަކު ތިން ފަހަރު ތަކުރާރު ކުރެވިދާނެއވެ.
3. މާމުއި
ސާފުކޮށް ހަނގަޑު ބެހެއްޓުމަށް ހަންގަނޑު ތެތްކޮށް ބެހެއްޓުން ވަރަށް މުހިއްމު ކަމެކެވެ. މާމުޔަކީ ހަނގަޑު ތެތްކަން ދަމަހައްޓައިދޭ ބާވަތެކެވެ. އަދި އިންފެކްޝަނުން ހަންގަޑނު ރައްކާތެރިކޮށްދޭ ބާވަތެކެވެ.
- މޫނުގައި ރޯ މާމުއި އުނގުޅާށެވެ. އަދި ހިކެންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން މޫނު ދޮވެލާށެވެ. މާމއުިގައި ހުންނަ ފެނުން ހަންގަނޑުގެ ތެތްކަން އިތުރުކޮށްދީ ހަންގަނޑު މަޑުކޮށް ހަންގަނޑަށް އާ ރޯ ކަން ގެނެސްދޭނެއެވެ. މިއީ ކޮނެމެ ދުވަހަކު ނުވަތަ ދެ ދުވަހުން އެއް ދުވަހު ދެވިދާނެ ފަރުވާ އެކެވެ
- މާމުއިން ދެވިދާނެ އިތުރު ފަރުވާ އެއްގެ ގޮތުގައި، ސައި ސަމުސަލެއްގެ މާމުޔަށް 2 ސައި ސަމުސާ ކިރު އެއްކުރުމަށް ފަހު މޫނުގައި އުނގުޅާށެވެ. 20 މިނިޓް ވާންދެން ބެހެއްޓުމަށް ފަހު ސާފު ފެނުން ދޮވެލާށެވެ. މިއީ މޫނުގެ އަލިކަން ދެމެހެއްޓުމަށް ހަފުތާ އަކު އެއް ފަހަރު ބޭނުން ކުރެވިދާ މާސްކެކެވެ. (ނުނިމޭ)
(މައުލޫމާތު ނަގާފައިވަނީ ރީޑަރސް ޑައިޖެސްޓް އިންނެވެ)