މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އަށް ލައްކައަށް ވުރެ މައްޗަށް އަރައިފި

ފޮޓޯ: @VelanaAirport

މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އަށް ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، މި ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 805،986 ފަތުރުވެރިން ވަނީ ރާއްޖ އައިސްފައެވެ. އެކަމަކު އަހަރުގެ އެހެން މަސްތަކާ އަޅާ ބަލައިއިރު މި މަހު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.

އެވްރެޖުކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 4،503 ފަތުރުވެރިން ރާއްޖެ އަންނަކަމަށް ތަފާސް ހިސާބުންދައްކާއިރު، އެވްރެޖުކޮށް 8.2 ދުވަސް ފަތުރުވެރިން އަންނަނީ ރާއްޖޭގައި ހޭދަކުރަމުންނެވެ.

14.8 އިންސައްތައާއެކު މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސި ވިލާތުންނެވެ. އެގައުމުން ހިއްސާ ކުރަނީ 11.9 ޕަސެންޓެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާއިން ހިއްސާ ކުރަނީ މާކެޓުގެ 10 ޕަސެންޓެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެފައިވާ އިރު، 57،197 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. ރާއްޖޭގެ ބެޑް ކެޕޭސިޓީއަކީ 60,657 އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.