ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމްގެ މަންމާފުޅު ނޫމަރާގޭ ރަޙީމާ މޫސާ ދީދީ އަވަހާރަވެއްޖެ

ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރ ތޯރިގް، މަންމާފުޅާއެކު - ފޮޓޯ: މުޙައްމަދު ޝާޠިރު ފޭސްބުކް

ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމްގެ މަންމާފުޅު ނޫމަރާގޭ ރަޙީމާ މޫސާ ދީދީ އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ޢުމުރުން 77 އަހަރުގައި މިއަދުއެވެ. އަވަހާރަވި އިރު، އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ކޮވިޑު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގައި ތިމާވެއްޓާއިބެހޭ މިނިސްޓްރީގެ ވަޒީރުކަން ކުރައްވާފައިވާ ތޯރިގު ވަނީ 2015 ވަނަ އަހަރުގެ ޕެރިސް އެގްރިމަންޓުގައި ރާއްޖެއިން ވަކާލާތުކޮށްގެން ހިމަނާފައެވެ. އެކަމުގައި އިސްކޮށް އުޅުއްވީ ވެސް ޚުދު ވަޒީރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.