ރާއްޖޭގައި ގިނަ ޕާޓީތައް ވާދަކުރާ ރިޔާސީ އިންތިޚާބެއް ބާއްވަން ފެށިފަހުން ތާރީޚުގައި އެއްބުރުން އިންތިޚާބު ކާމިޔާބުކުރާ ފުރަތަމަ ފަހަރަކީ މިއަހަރުގެ ރިޔާސީ އިންތިޚާބު ކަމަށް ވެގެންދާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ރިޔާސީ އިންތިޚާބު އެއްބުރުން ފުރަތަމަ ފަހަރަށް ކާމިޔާބު ކުރައްވާ ފުރަތަމަ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީންއަށް ވެގެންދާނެ ކަމަށާއި ޕީޕީއެމްގެ ސަފުތައް އޮތީ ބަދަހިކޮށް ކަމަށެވެ.
ނިހާން ވިދާޅުވީ މިއަހަރު ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބަށް "ޑަނޑޫރާ ޖެހުމަށް" އިލެކްޝަން ކޮމިޝަނުން އިއުލާނު ކުރާ ހިސާބުން "ކަމަރު ބަނދެގެން" ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް ނުކުންނާނެ ކަމަށެވެ. އަދި ބަޔަކު ކުރާ ޖެއްސުމަކުން ޕީޕީއެމްގެ މެމްބަރުންގެ ބަދަހިކަން ހުއްޓުވާނުލެވޭނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅު ފަރާތްތައް ކާމިޔާބުކޮށް "ބަޣާވާތުގެ މީހުންނަށް" ގައުމުގެ ވެރިކަން ފުރޮޅިގެން ދިޔުމަށް ދޫނުކުރައްވާނެ ކަމަށާއި އެކަން ވިޔަނުދިނުމަށް "އެންމެ ފަހު ލޭ ތިއްކާ ހަމައަށްވެސް ޖިހާދު ކުރާނަން" ކަމަށެވެ.
ނިހާން ވިދާޅުވީ "އެންމެ ފަހުގެ ލޭ ތިއްކާ ހަމައަށް ޖިހާދު ކުރާނަން" ކަމަށެވެ. އަދި ބަޣާވާތުގެ މީހުންނަށް މިގައުމުގެ ވެރިކަން ފުރޮޅިގެންދާން ލާހިކު ނޫން ކަމަށް ނިހާން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ގުޅުވައި ނިހާނު ވިދާޅުވީ މިފަހަރު ވަނީ މަލްޓިޕާޓީ އިލެކްޝަނެއް ރާއްޖޭގެ ތާރީހުގައިވެސް އެއްބުރުން ކާމިޔާބު ކުރާ ފުރަތަމަ ފަހަރަށް ކަމަށެވެ.
އަދި ރިޔާސީ އިންތިހާބު "ޑަނޑޫރާ ޖެހުމަށް" ރަސްމީކޮށް ހުއްދަދޭ ވަގުތުން ފެށިގެން ކަމަރު ބަނދެގެން އިންތިހާބު ކާމިޔާބު ކުރުމަށް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.