އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފި

އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.

އެ ޕާޓީން ބުނީ އިސްލާހު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ގޫގުލް ފޯމެއް ފުރައިގެން ކަމަށާއި އެއް މާއްދާއަށް ވުރެ ގިނަ މާއްދާއަށް ނުވަތަ އެއް އިސްލާހަށް ވުރެ ގިނަ އިސްލާހު ހުށަހަޅާ ނަމަ، ހުށަހަޅުއްވާ މާއްދާ އެނގޭނެހެން އެއް ފޯމަކުން އިސްލާހުތައް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އިސްލާހުގެ ޕީޑީއެފް އާއި ވޯޑް ފައިލް ވެސް އެޓޭޗް ކުރުމަށް ވަނީ އެދިފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މިދިޔަ މަހު ބާއްވާ، ޕާޓީގެ މަގާމުތަކަށް މެންބަރުން ވަނީ އިންތިޚާބު ކޮށްފައެވެ.

އެގޮތުން އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ އިންތިޚާބުވެވަޑައިގެންފައެވެ.

އެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފައްޔާޒު ވަނީ އެމްޑީޕީއަށް މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.