މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން 45000 ޓަނުގެ އާގު ބޯޓެއް ރާއްޖެ ގެނެސްފި

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން 45000 ޓަނުގެ އާގު ބޯޓެއް ރާއްޖެ ގެނެސްފިއެވެ.

އެސްޓީއޯގެ ދަށުން ހިންގާ ރާއްޖޭގެ ޝިޕިންގ ލައިން، އެމްއެސްއެސް އިން ގެނައި މި ބޯޓަށް ދީފައިވާ ނަމަކީ އެމްއެސްއެސް އެވެ.

އެމްއެސްއެސް އިން ބުނީ އެ ކުންފުނީގެ ކުރިއަރަމުން އަންނަ ފްލީޓަށް، ރާއްޖޭގެ އެންމެ ބޮޑު ކޮންޓެއިނަރ ބޯޓު އެމްއެސްއެސް ކްރޯމް، މާލޭ ކޮމަރޝަލް ހާބަރަށް ވަނުމުން ވޯޓަރ ސެލިއުޓާއެކު މަރުޙަބާ ކިޔާފައިވާ ކަމަށެވެ.

23 ކްރޫންގެ ޖާގައިގެ މި ބޯޓު ރާއްޖެއަށް އައިސްފައިވަނީ ރާއްޖެއަށް އެތެރެ ކުރި 41،500 މެޓްރިކް ޓަނުގެ ހިލަވެއްޔާއި ވެލި ހިފައިގެންނެވެ.

އެމްއެސްއެސް އިން ގެނައި އެކުންފުނީގެ ފުރަތަމަ އަމިއްލަ ބޯޓު، "އެމްއެސް ގަލޭނާ" ފުރަތަމަ ފަހަރަށް މުދަލާއެކު ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރު ފަހުކޮޅެވެ. އެ ބޯޓަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ.

2020 ވަނަ އަހަރު އުފެއްދި އެމްއެސްއެސް ކުންފުންޏަކީ ރާއްޖޭގައި ކުރިން އޮތް ޝިޕިންގ ލައިން އަލުން ދިރުވައި ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް އުފެއްދި ކުންފުންޏެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.