އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ހިންގާ އެއްވެސް އަމަލެއް ބަލައިނުގަނެވޭނެ: ސަރުކާރު

އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ހިންގާ އެއްވެސް އަމަލެއް ބަލައިނުގަނެވޭނެ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

އެކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި މާތް ރަސޫލާގެ ރިވެތި އުސޫލުތަކާއި ދެކޮޅަށް ހިންގާ އެއްވެސް ޢަމަލެއް ބަލައި ނުގްނަނާނެ ކަމަށެވެ. އަދި އެފަދަ ކޮންމެ ޢަމަލެއްވެސް އެންމެ ހަރުކަށީ ޢިބާރާތުން ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށެވެ.

މީގެ އިތުރުން މިކަމުގައި ޝާމިލުވި އޮފިޝަލަށް ޕީޖޭޕީން ފިޔަވަޅު އަޅާފައިވާތީ އެކަމަށް ސަރުކާރުން ވަނީ މަރުހަބާ ދަންނަވާފައެވެ.

ޕީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އޭނާގެ ޢަމަލު ދުނިޔޭގެ ގައުމުތަކުން ކުށްވެރި ކުރަމުންއަންނައިރު،  އަރަބި އިސްލާމީ ގައުމުތަކުގައި ދަނީ އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ވެސް ގޮވާލާ އަޑު އުފުލަމުންނެވެ.

ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބީޖޭޕީގެ އިސް ތަރުޖަމާން ރަސޫލާއާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކައަކީ އެކަލޭގެފާނަށް ފުރައްސާރަ ކުރުން ކަމަށާއި މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޤަތަރާއި ކުވައިތުން ވެސް ވަނީ މިއަމަލު ކުށްވެރި ކުރުމުގެ ގޮތުން އެގައުމުތަކުގައި ތިއްބަވާ ސަފީރުން ފޮރިން މިނިސްޓްރީއަށް ހާޟިރު ކޮށްފައެވެ. އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދޯހާއިން ވަނީ ޝަރުމާގެ ކޮމެންޓްތަކާއި ގުޅިގެން އިންޑިއާއިން މަޢާފަށް އެދުމަށް ވެސް ގޮވާލާފައެވެ.

ޝަރުމާ މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓުގައި ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް އޮފުޝަލުގެ އަމަލް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު މޯޑީގެ ވެރިކަމުގައި އިންޑިއާގައި ދީނީ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. އަދި މުސްލިމުންލިމުންނާއިމެދު ބޭއިންސާފުވަމުން ދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.