ފައިޒަރ ވެކްސިންގެ އިތުރު ޑޯޒުތަކެއް އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފި

ފައިޒަރ ވެކްސިންގެ އިތުރު ޑޯޒުތަކެއް އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 100،620 ޑޯޒު ވެކްސިނެވެ.

ކޮވެކްސް އަކީ ކޯވިޑް-19އާ ގުޅިގެން ވެކްސިން، ދުނިޔެއަށް ފޯރުކޮށްދޭ ގާއިމުކޮށްފައިވާ ފެސިލިޓީއެކެވެ.

އެމެރިކާ ސަރުކާރުގެ އެހީ ދޭ އިދާރާ ކަމަށްވާ ޔޫއެސްއެއިޑް މެދުވެރިކޮށް އެކި ސިއްހީ ކަންކަމުގައި ރާއްޖެއަށް އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

އޭގެ ތެރޭގައި ވެކްސިނުގެ މުހިންމުކަމާއި ވެކްސިން ޖެހުމާއި ގުޅޭ ގޮތުން އާންމުންނަށް އެކި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި އަތޮޅުތެރެއަށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީން ކުރުން ވެސް ހިމެނެއެވެ.

ރާއްޖެއަށް އެމެރިކާ އިން ކަނޑައަޅާފައިވާ މިޝަންގެ ޝާޖޭ ޑި އެފެއާޒް އެންޑްރިއާ އެޕެލް ވިދާޅުވީ މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީވަމުން އަންނަކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް 439،920 ޑޯޒް ވެކްސިން އެމެރިކާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.