އަށް މީހުންނާއެކު މާލެއިން ހުވަދުއަތޮޅަށް ދަތުރުކުރި މުދާއުފުލާ ބޯޓެއް ފަރަކަށް އަރައިފި

މާޒު ބޯޓު ފަރަށް އަރާފަ - ފޮޓޯ: އެމްއެންޑީއެފް

އަށް މީހުންނާއެކު މާލެއިން ހުވަދުއަތޮޅަށް ދަތުރުކުރި މުދާއުފުލާ ބޯޓެއް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ "މާޒު" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި މި ބޯޓު އަރާފައިވަނީ މ. އަތޮޅު ތުވަރުގެ އިރުއުތުރުން 8 ނމ. ބޭރު ފަރަކަށް ކަމަށެވެ.

އެ ހާދިސާ އާގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދުގެ ފަތިހު 04:51 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.