މާލޭގެ ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖާ ގެއަށް ގޮސްފި – ހާލު ރަނގަޅު

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓިގެން ހޯދަމުންދިޔަ ކުއްޖާ ގެއަށް ގޮސްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި އެއީ ޢުމުރުން 12 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

"މިރޭ 21:47 ހާއިރު އެކުއްޖާ ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން މައުލުމާތު ދޭ. ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް އާއިލާ އިން ބުނޭ." ފުލުހުން ބުންޏެވެ.

އެކުއްޖާ ވެއްޓިފައިވަނީ މާލޭގެ އައިޓަމްސް ފިހާރަ ކުރިމަތީ ހުރި  އިމާރާތެއްގެ މަތިންނެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.