މާލޭގެ ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓިއްޖެ

މާލޭގެ ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓިއްޖެއެވެ.

އައިޓަމްސް ފިހާރަ ކުރިމަތީ ހުރި ގެއެއްގެ އިމާރާތެއްގެ މަތިން ވެއްޓުނު ކުޑަކުއްޖާ ވެއްޓިފައިވަނީ ދެއިމާރާތެއްގެ ދޭތެރެއަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެސަރަހައްދުގައި ގިނަ އަދަދެއްގެ އާންމުންނާއި ފުލުހުން ހަރަކާތްތެރިވެ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ފުލުހުން ބުނީ މާފަންނު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާ މަތިން 12 އަހަރުގެ ފިރިހެން ކުއްޖެއް ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 20:31 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ވެއްޓުނު ކަމަށް ބުނާ ކުއްޖާ އެތަނުގައި ފެންނަން ނެތުމުން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.