ނުވަމަސް ނުވާ ޕާޓީއަކުން ކޮންމެ އިންތިޚާބެއްގައި ރާއްޖޭގެ ބޮޑެތި ޕާޓީތަކާ ވާދަކުރުމަކީ ބޮޑު ކާމިޔާބީއެއް: އެމްއެންޕީ

ނުވަމަސް ނުވާ ޕާޓީއަކުން ކޮންމެ އިންތިޚާބެއްގައި ރާއްޖޭގެ ބޮޑެތި ޕާޓީތަކާ ވާދަކުރުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވީ އެކަމުން އަންގައިދެނީ ޑިމޮކްރެޓިކް ނިޒާމެއްގައި އެމްއެންޕީގެ މެންބަރުން މަސައްކަތް ކުރަން ބޭނުންވާ މިންވަރު ކަމަށެވެ.

އެމްއެންޕީ ވުޖޫދުވިފަހުން ރާއްޖޭގައި މިހައިތަނަށް ބޭއްވި ގައުމީ ހުރިހާ އިންތިޚާބެއްގައި ވާދަކޮށް ހިތްހަމަޖެހޭ ވަރުގެ ނަތީޖާތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެޕާޓީއާ ނުލައި އެއްވެސް ބަޔަކަށް އިންތިޚާބެއް ކާމިޔާބު ނުކުރެވޭ ވަރަށް ކާމިޔާބާ ހަމައަށް ދެވިއްޖެ ކަމަށެވެ.

އެގޮތުން ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްއެންޕީވެފައިވީ "ޑިސައިޑިންގ ފެކްޓަރ" އަށް ކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭގެ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓާ ބައްދަލުކޮށް އެންމެ ވޯޓަކުން ބަލިވުމަކީ ވެސް ކާމިޔާބެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ވިލިމާލެ ދާއިރާގެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހަޅުމާމެދު ވަކިގޮތެއް އަދިނުނިންމާކަން ވެސް އެމްއެންޕީން ވަނީ ފާހަގަކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.