ގއ. ވިލިނގިލީގެ ނެރު މައްޗަށް ލޯންޗުއެރި ހާދިސާ: ހާލު ސީރިއަސްވި ތިން މީހުން މާލެ ގެނެސްފި

ފޮޓޯ: އެމްްއެންޑީއެފް

ގއ. ވިލިނގިލީގެ ނެރު މައްޗަށް ލޯންޗުއެރި ހާދިސާގައި ހާލު ސީރިއަސްވި ތިން މީހުން މާލެ ގެނެސްފިއެވެ.

ފަސް މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ލޯންޗު އެރަށު ފަރަށް އަރާފައިވަނީ ރޭ 7:15 ހާއިރުއެވެ. އެ ހާދިސާ ހިނގީ ލޯންޗު ވިލިނގިލީގެ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހިގެންނެވެ.

ފަސް މީހުންނާއެކު ދަތުރުކުރި އެ ލޯންޗު ވިލިގިނލި ނެރަށް އެރުމުގެ ހާދިސާ އާ ގުޅިގެން ދެ މީހަކު ވަނީ ނިޔާވެފައެވެ.

ދެންތިބި މީހުންނަށް ލިބުނު އަނިޔާތަކަށް އެ ރަށުގެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އެ ތިން މީހުން މާލެ ގެނައީ އެ މީހުންގެ ހާލު ސީރިއަސް ވުމުންނެވެ. އަދި އެކަކަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.

އެ ހާދިސާގައި ނިޔާވެފައިވަނީ:

  • އަހްމަދު ޝާފިއު، އުރަހަ / ނ. ލަންދޫ (27އ)
  • މިސްބާހު އަބްދުލް މުހުސިން، ދޫރެސް / ގއ. ވިލިނގިލި (37އ)

އޭގެ ތެރެއިން މިސްބާހަކީ ނެރު މައްޗަށް އެރި "ނީމޯ" ލޯންޗުގެ ވެރި މީހާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.