މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މ. އުނިގަސްމަގުގައި ހުރި ގެއެއްގައެވެ. އަދި މި ހާދިސާގައި މީހަކަށް އަނިޔާ ވެފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ލިބުނު ގެއްލުމެއް ސާފުވާގޮތް އަދިވަނީ ނުވެފައެވެ.