ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މުއާޒު އެމްޓީޑީ އަށް ސޮއި ކުރައްވައިފި

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒު ޢަލީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ސޮއި ކުރައްވައިފިއެވެ.

އެމްޓީޑީން ކޮށްފައިވާ ޓްވީޓުގައި ހަމައެކަނި ބުނެފައިވަނީ ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒު ޢަލީ އެ ޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައެއް އަދިނުވެއެވެ.

ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާންކަން ކުރައްވާފައިވާ މުއާޒަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ގެ ވެސް ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ފަރާތެކެވެ.

ޚާއްޞަކޮށް ރިޔާސީ ލޯންޗުކޮޅުގައި ރައީސް ޔާމީނަށް އަމާޒުކޮށް ދިން ހަމަލާ (ގޮވާ އެއްޗެއް ބޭނުންކޮށްގެން ދެވުނު ހަމަލާ) އަށްފަހު ވެސް މުއާޒު ވަނީ ރައީސް ޔާމީނާއި މެޑަމް ފާތުންގެ ދިފާޢު ގައި ވަރަށް ގިނަ ވާހަކަތައް ދައްކަވާފައެވެ.

އެހެންނަމަވެސް ރިޔާސީ ލޯންކޮޅުގައި ހިނގާދިޔަ ހާދިސާ، ހިނގައިދިޔަ ގޮތުގައި ތަފާތުތަކެއް ހުރިކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ވީޑިއޯ އަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ދޭހަވާގޮތަށް މުއާޒުގެ ބަސްމަގު ވަނީ ބައްޓަން ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.