ފައްޔާޒަށް މަރުޙަބާ! އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ލިބޭނެކަމާމެދު ޝައްކު ނުކުރަން: ރައީސް ނަޝީދު

އައު ޗެއަރޕަރސަން ފައްޔާޒު އިސްމާޢީލާއެކު އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ލިބޭނެކަމާއިމެދު ޝައްކެއް ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ޗެއަރޕަރސަންގެ މަގާމަށް ހޮވިވަޑައިގެންނެވި ފައްޔާޒް އިސްމާއިލަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި އެ އިންތިޚާބުގައި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މަރުހަބާ ވިދާޅުވެ، ރައީސް ނަޝީދުގެ ޓްވީޓު ކުރެއްވުމުން ފައްޔާޒު ވެސް ވަނީ ރައީސް ނަޝީދަށް ޝުކުރު ދަންނަވާފައެވެ. އަދި ރައީސް ނަޝީދުގެ އެހީތެރިކަމާއި އިރުޝާދާއެކު އެމްޑީޕީން ދާނީ ރާއްޖޭގައި ޑިމޮކްރަސީ ކުރިއަރުވައި، ޤައުމު ތަރައްޤީކުރުމައިގެން ކުރިއަށްކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.