ވިލިމާލޭ ބައި އިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކޮށްފި

މިައަދު ކުރިއަށްދިޔަ ވިލިމާލޭ ބައި އިލެކްޝަން ގައި އިލެކްޝަންގެ އޮފިޝަލުން - ފޮޓޯ: އީސީ ޓްވިޓަރ

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރު ހޮވުމަށް މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކާމިޔާބުކޮށްފިއެވެ.

މި ބައި އިލެކްޝަންގައި ވާދަކޮށްފައިވަނީ ޕީޕީއެމް އިން ފާތިމަތު ނާޒިމާ އާއި އެމްއެންޕީ އިން އާމިނަތު ޝީޒާއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި ބައި އިލެކްޝަންގައި ނާޒިމާއަށް ލިބިވަޑައިގެންނެވީ 359 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބިވަޑައިގެންނެވީ 358 ވޯޓެވެ.

ވިލިމާލޭ ބައި އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު 2900 މީހަކަށް ލިބިފައިވާއިރު، އެ ފަރާތްތައް ވޯޓުލުމަށް ހަ ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ.

މި ހުރިހާ ފޮށްޓެއްވެސް ބަހައްޓާފައިވަނީ ވިލިމާލެ މުޙްޔިއްދީން ސްކޫލުގައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ.

އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.