36،637 ލަފުޒު ހިމެނޭ ދިވެހި ބަހުގެ ރަދީފް އެޕްލިކޭޝަން އިފްތިތާޙުކޮށްފި

36،637 ލަފުޒު ހިމެނޭ ދިވެހި ބަހުގެ ރަދީފް އެޕްލިކޭޝަން އިފްތިތާޙުކޮށްފިއެވެ.

އައިފޯނަށާއި އެންޑްރޮއިޑް ފޯނުތަކަށް ބޭނުންކުރެވޭގޮތަށް  ދިވެހިބަހުގެ އެކެޑަމީން ފަރުމާކުރި މި އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވާފައިވަނީ ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަރިކަ އާއި ސަގާފަތާއި ތާރީޚާ ބެހޭ ވަޒީރު ޔުމްނާ މައުމޫނެވެ.

މި ރަސްމިއްޔާތުގައި ޔުމްނާ ވިދާޅުވީ ދިވެހި ބަސްފޮތުގެ އެޕްލިކޭޝަނަކީ ޓެކްނޮލޮޖީއާ ރައްޓެހިކޮށް ޓެކްނޮލޮޖީގެ އިތުރު މަންސަތަކަށް ގެންދިއުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެ އެޕްލިކޭޝަންގެ އާ އަޕްޑޭޓެއް ވަރަށް އަވަހަށް ތަޢާރަފްކުރެވޭނެ ކަމަށާއި  އެ އަޕްޑޭޓަކީ ދިވެހި ބަސް އެހެން ހަރުފަތަކަށް ގެންދިއުމަށް މި ކުރާ މަސައްކަތް ރަނގަޅަށް ދައްކުވައިދޭނެ ކަމެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ.

" ކުރިއަށް އޮތްތަނުގައި މި އެޕްލިކޭޝަންގެ އަޕްޑޭޓް ކުރާއިރު ދެ މާނަ ދޭހަވާ ބަސްބަހާއި، އިދިކޮޅު މާނަ ދޭހަވާ ބަސް އަދި އެއް ބަހުން ކުރި ފަޅާފައި ހުންނަ ބަސްބަސް ވެސް އަންނާނެ." ހެރިޓޭޖް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.