ދެ ދޯނި ކައިރިކުރަން އުޅުމުގެ ތެރޭގައި ފިތިގެން މީހަކު މަރުވެއްޖެ

ދެ ދޯނި ކައިރިކުރަން އުޅުމުގެ ތެރޭގައި ފިތިގެން މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ މ. ކޮޅުފުށީ ކައިރީ ކަނޑުމަތީގަ ކަމަށެވެ. އަދި ހާދިސާގެ ރިޕޯޓު ކުރީ ހަވީރު 4:14 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ފިތުނު މީހާ ފަރުވާ ދިނުމަށް ގެންދިޔައީ މުލީ ރީޖަނަލް ހޮސްޕިޓަލަށް ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.