ކުދިންނަށް ލޯތްބާއި އަޅާލުމާއެކު ހެދިބޮޑުވެވޭނެ، މާހައުލެއް ލިބިދޭން ޖެހޭ: ރައީސް

ކުދިންނަށް ލޯތްބާއި އަޅާލުމާއެކު ހެދިބޮޑުވެވޭނެ، މާހައުލެއް ލިބިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ރައީސް ވިދާޅުވެފައިވަނީ ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާހައުލެއް އޮތްކަން އެންމެން ވެސް ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި އެކުދިންނަށް ލޯތްބާއި އަޅާލުމާއެކު ހެދިބޮޑުވެވޭނެ، މާހައުލެއް ލިބިދޭން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އަހަރެމެންގެ ދަރިންނަކީ އަހަރެމެންގެ މުސްތަގުބަލު ކަމަށާއި އެންމެން ގުޅިގެން އެކުދިން ރައްކާތެރިކޮށްދޭން ޖެހޭ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.