މާލޭގައި ގްރޫޕް މާރާމާރީ ހިންގާ މައްސަލައިގަ ހޯދަމުންދިޔަ މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ޖަހައިފި

މާލޭގައި ގްރޫޕް މާރާމާރީ ހިންގާ މައްސަލައިގަ ހޯދަމުންދިޔަ މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

އެ މައްސަލައިގާ ހަތް މީހަކު ހޯދަން ވަނަވަރާއި ފޮޓޯ އާއި އެކު ފުލުހުން އިއުލާނު ކުރީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ އެ މާރާމާރީ އާ ގުޅިގެން މިހައިތަނަށް ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

މީގެ އިތުރުން ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) އާއި 15 އަހަރުގެ ކުޑަ ކުއްޖެއް ވެސް ވަނީ މި މައްސަލައިގާ ހައްޔަރުކޮށްފައެވެ.

މިމައްސަލައިގަ މިހާރު ފުލުހުން ހޯދަމުން ދަނީ މާލެ/ ދަފްތަރު ނަންބަރު  ރސ2260، އުމުރުން 27 އަހަރުގެ މަޢުޞޫމް މުޙައްމަދުދީދީ، ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އުމުރުން 24 އަހަރުގެ އަޙްމަދު ރަބީޢު، ގއ. ގެމަނަފުށި/ ކެނެރީގެ، އުމުރުން 27 އަހަރުގެ އަޙްމަދު ނާޒިހު އާއި އައްޑޫ ސިޓީ ހުޅުދޫ/ ނާދީ، އުމުރުން 20 އަހަރުގެ މުނާދު ޖަޢުފަރު  ގެ އިތުރުން އައްޑޫ ސިޓީ މަރަދޫ/ ކޮރަލް، އުމުރުން 21 އަހަރުގެ އަޙްމަދު ސާތިޢު އެވެ.

މި ފަސް މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.