އެސޯސިއޭޝަން އޮފް އޭޝިޔަން އިލެކްޝަން އޮތޯރިޓީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރަކަށް ރާއްޖޭގެ އީސީއެމް ހޮވިއްޖެ

އެސޯސިއޭޝަން އޮފް އޭޝިޔަން އިލެކްޝަން އޮތޯރިޓީ އޭއޭއީއޭ) ގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރަކަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީއެމް) ހޮވިއްޖެއެވެ.

އީ.ސީ.އެމް އެގްޒެކެޓިވް ބޯޑަށް ހޮވިފައިވަނީ އެ އެސޯސިއޭޝަންގެ ޢާންމު ބައްދަލުވުމުގައި މެންބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓުގެ އިއްތިފާޤުންނެވެ.

މި ދައުރުގެ ރިޔާސަތު ބެލެހެއްޓުމަށް އިންޑިޔާ ހޮވުމުގެ އިތުރުން، ވައިސް ޗެއަރގެ ދައުރަށް ތައިވާން ވަނީ ހޮވިފައެވެ.

ދިވެހިރާއްޖޭގެ އިތުރުން އެގްޒެކެޓިވް ބޯޑަށް ހޮވިފައިވަނީ ރަޝިޔާ، ކަޒަކިސްތާން އަދި ފިލިޕީންސެވެ. ފިލިޕީންސް ގެ މެނީލާގައި އިއްޔެ ބޭއްވި އޭ.އޭ.އީ.އޭ ގެ ޢާންމު ބައްދަލުވުމުގައި އީ.ސީ.އެމް ގެ ފަރާތުން ބައިވެރިވެޑައިގެންފައިވަނީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު، ނާއިބު ރައީސް އިސްމާޢީލް ޙަބީބު އަދި ކޮމިޝަނުގެ އެސިސްޓަންޓް ޑިރެކްޓަރ މަރްޔަމް ޝާހިޔާއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.