ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރުތައް ރޭވުމުގައި ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރުތައް ރޭވުމުގައި ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނަށާއި މެދު ރާއްޖެތެރެއަށް ވިލާގަނޑުގެ ވައި ގަދަވާނެ ކަމަށެވެ. އަދި ހުޅަނގާއި ހުޅަނގު އުތުރުން 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގެ އުތުރަށް ވިލާގަނޑުގެ ވައި ޖެހޭނީ 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ މޫސުމަށް މިއަންނަ ބަދަލުތަކާއެކު މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާއްޖޭގެ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ދެމޫސުން ބެދޭ ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ މި ވިއްސާރައިގެ ސަބަބުން ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ވީހާވެސް ބޮޑަށް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.