ކޮލޮމްބޯގައި ހުންނާ ރާއްޖޭގެ ހައިކޮމިޝަނުން ދަނީ އިބްރާހިމް ޢަލީގެ ޢާއިލާއަށް އެއްބާރުލުން ދެމުން: ފޮރިން މިނިސްޓްރީ

އަވަށްޓެރި ސްރީލަންކާގައި ގެއްލުގެން ހޯދަމުންދާ އިބްރާހިމް ޢަލީ

ލަންކާގެ ކޮލޮމްބޯގައި ހުންނާ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ އެ ގައުމުގައި ގެއްލިފައިވާ އިބްރާހިމް ޢަލީގެ ޢާއިލާއަށް އެއްބާރުލުން ދީ އޭނާ ހޯދުމުގައި އެހީތެރިވެ މަސައްކަތް ކުރަމުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިހާރު އެ ޢާއިލާ އިން ސްރީލަންކާގެ ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަވަށްޓެރި ސްރީލަންކާގައި ގެއްލިގެން ހޯދަމުން ދަނީ ޢުމުރުން 62 އަހަރުގެ އިބްރާހިމް ޢަލީ ނަމަކަށް ކިޔާ މީހެކެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އޭނާގެ މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އޭނާ އެންމެ ފަހުން ދިޔައީ އީދު ދުވަހު ހެނދުނު ދެހިވަލަ މިސްކިތް ކައިރިއަށެވެ. އެއަށް ފަހު އޭނާގެ އެއްވެސް ޚަބަރެއް ޢާއިލާއަށް ލިބިފައި ނުވާ ކަމަށް އެ އެމްބަސީން ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފައެވެ.

އޭނާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ 2382 499 (77) 94+ އަށް ގުޅުމަށް ނުވަތަ އެމްބަސީގެ ނަމްބަރު 6666 881 076 އަށް ގުޅުމަށް ވެސް ވަނީ އެދިފައެވެ. އަދި އެމީހާއަކީ ކިޑްނީ ބައްޔަށް ބޭސް ކުރަމުން އަންނަ މީހެއް ކަމަށް ވެސް އެ ބުނެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.