ޢުމުރާއަށް ގޮސް އުޅުނު 71 އަހަރުގެ ދިވެއްސެއް ނިޔާވެއްޖެ

ޢުމުރާއަށް ގޮސް އުޅުނު 71 އަހަރުގެ ދިވެއްސެއް ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ސަޢީދު ޔޫސުފް ކިޔާ މީހެކެވެ. އޭނާ ޢުމްރާއަށް ދިޔައީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްގެ ހަވާލުގައެވެ.

ޒަމްޒަމް ގްރޫޕުން ބުނީ މިދިޔަ ރޯދަ މަހު އުމްރާއަށް ދިޔަ ސައީދު މަރުވީ، ހާލު ދެރަވެ، މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް އޭނާ ނިޔާވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އުމްރާއަށް ގޮސް އުޅެނިކޮށް މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ ދިވެއްސަކު މަރުވެފައެވެ. އެއީ އޭދަފުށީ މާބަގީޗާގޭ 76 އަހަރުގެ އަބޫބަކުރު ހަސަންއެވެ. އޭނާ މަރުވީ މިދިޔަ މަހު 27 ވަނަ ދުވަހު ފަތިސް ނަމާދު ކޮށްގެން އެނބުރި ހޮޓަލަށް ދިޔަތަނާ ކަމަށް މައުލޫމާތު ލިބެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.