ފޯކައިދޫން މާލެއަށް ދަތުރުކުރި ފެރީ އެއް ފަރަކަށް އަރައިފި – ފެރީގައި ކުޑަކުދިންނާއި އަންހެނުން ވެސް ތިބި

ފޮޓޯ: އެމްއެންޑީއެފް

ފޯކައިދޫން މާލެއަށް ދަތުރުކުރި ފެރީ އެއް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ފެރީގައި 130 މީހުން ތިބި ކަމަށާއި އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ކަމަށެވެ. އަދި ފެރީ ފުންކޮށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސަލާމަތީ ޚިދުމަތްތަކުން ކުރަމުން އަންނަކަމަށެވެ.

އެ ފެރީ ނުވަތަ ބޯޓު އަރާފައިވަނީ ޅ. ފެލިވަރު ފަރަށް ކަމަށާއި އެ މައުލޫމާތު  ލިބުނީ މިރޭ 8:31 ހާއިރު ކަމަށެވެ.

"ފުރާގު 2" ނަމަކަށްކިޔާ މި ފެރީ އަރާފައުވަނީ ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަރަށް ކަމަށާއި ފެރީގައި ތިބި މީހުން ނައިފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.