މަރުވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހާ ދެނެގަތުމަށް ޢާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ

މަރުވެގެން އައިޖީއެމްއެޗަށް ގެންދިޔަ މީހާ ދެނެގަތުމަށް ޢާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ އެމީހާ އައިޖީއެމްއެޗަށް ގެންދިޔައީ ރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ. އަދި އެއީ މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖު ސަރަހައްދު މަގުމައްޗަށް ވެއްޓިފައިވަނިކޮށް އައިޖީއެމްއެޗަށް ގެންދިޔަ މީހެއް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެއީ ޢުމުރުން ގާތްގަޑަކަށް ފަންސާހާއި ފަސްދޮޅަހާއި ދެމެދުގެ މީހެއް ކަމަށާއި އިސްކޮޅުގައި ގާތްގަޑަކަށް ފަސް ފޫޓު ހަ އިންޗި ހުންނާނެ ކަމަށެވެ. އަދި އެމީހާ ލައިގެން ހުރީ މަޑު މުށި ކުލައަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރެކް ޝޫޓެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެމީހާގެ ތުނބުޅިއެއް ހުރި މީހެއް ކަމަށާއި އާދައިގެ ވަރަކަށް ތުނިކޮށް ބޯކޮށާފައިވާއިރު، އިސްތަށި އެއްކޮށް ނުރަ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.