މިއަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށަނީ

މިއަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށާނެއެވެ.

މި އިމްތިހާނު މިއަދުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި އޯލެވެލް އިމްތިޙާނު ކުރިއަށްދާނެކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

މިއަހަރުގެ އިމްތިޙާނުގައި ޖުމްލަ 5939 ދަރިވަރުން އިމްތިޙާނު ހެދުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން އިމްތިޙާނު ހަދާ ސެންޓަރުތަކަށް ޕޭޕަރުތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 13 އަދި 14 ވަނަ ދުވަހު، އޯލެވެލް އިމްތިހާނުގެ އާޓް އެންޑް ޑިޒައިން ޕޭޕަރު ހަދާފައިވާ ކަމަށާއި މިދެދުވަސްމަތިން ރާއްޖޭގެ އެކި ސެންޓަރުތަކުން 181 ދަރިވަރަކުވަނީ އިމްތިޙާނު ހަދާފައިވަ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.