ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ދެކޮޅަށް ހިންގާ ހަރަކާތް ނުހުއްޓުވޭނެ: ސުޖާ

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހިންގާ ހަރަކާތް ނުހުއްޓުވޭނެކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕީޕީއެމްގެ ލީޑަރު އަދި އިންޑީއާ އައުޓް ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ރައީސް ޔާމީން ސައިޒު ކޮށްލާނެކަމަށް ބުނެ، ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައިގައި އޭނާގެ މައްސަލަ ބެލުމަށް ގޮވާލައި ކުރެއްވި ޓުވީޓުގައެވެ.

ސުޖާގެ ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީނަށާއި އިދިކޮޅު ފަރާތްތަކަށް ކިތަންމެ ބިރެއް ދައްކަން އުޅުނަސް އެކަމެއް ނުވާނެ ކަމަށެވެ. މިއީ ދިވެހި ރައްޔިތުންގެ ޤައުމީ ހަރަކާތެއް ކަމަށާއި އިންޑިއާ އައުޓް ހުއްޓުވުމަށް ދެވޭ އިންޒާރަކުން ފަހަތަށް ޖެހުމެއް ނެތް ކަމަށް ވެސް ޝުޖާ ވިދާޅުވިއެވެ.

"މިފަދަ އިންޒާރުތަކަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގް ކުރަންޖެހޭ މައްސަލަތަކެއް." ޝުޖާ ވިދާޅުވިއެވެ.

ސުޖާ މިފަދައިން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސައިޒު ކޮށްލާނެ ކަމަށް ބުނެ، މޯލްޑިވްސް ޔޫތު ފޯރސްގެ ނަމުގައި ނުރައްކާތެރި އިންޒާރުތަކެއްދޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވަނީ ޢާންމު ކޮށްފައެވެ.

ޔާމިން ވަނީ އިންޑިއާ އައުޓު ހަރަކާތުގެ އިސް ލީޑަރުގެ ގޮތުގައި ހުންނަވާ އެ ހަރަކާތް ވަރަށް ބޮޑަށް ފުޅާ ކޮށްފައި ކަމަށާއި، އެ ފޯރސްއިން އެހަރަކާތާއި ދެކޮޅު ކަމަށް އެ ވީޑިއޯގައި ވަނީ ބުނެފައެވެ. އަދި ރާއްޖެ އޮތީ އިންޑިއާ ދަށުވެފައިކަމަށް ވެސް ބުނެފައިވެއެވެ.

ރައީސް ޔާމިން އިސްވެ ހުންނަވައިގެން އިދިކޮޅު ޕީޕީއެމްއިން ގެންދަނީ ރާއްޖޭގެ އެކިކަން ކޮޅުތަކުގައި އިންޑިއާ އައުޓުގެ ނަމުގައި، ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ޚާއްސަ ހަރަކާތެއް ހިނަގަމުންނެވެ.

އެހެންނަމަވެސް، މި ހަރަކާތް މިހާރުވަނީ ރައީސް ސާލިހުގެ ރިޔާސީ ގަރާރަކުން މަނާކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.