ޑައިވިނަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދާއިރު، އިތުރު މީހެއްގެ ޙާލު ގޯސްވެގެން ފަރުވާދެނީ

ޑައިވިނަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކުގައި ޑައިވިނަށް ދިޔަ ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 3:43 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެއީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ޑައިވިނަށް ގޮސް އުޅުނު އިތުރު މީހެއްގެ ހާލު ގޯސްވެ، ފުވައްމުލަކު ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން އަންނަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާއިގުޅޭ މަޢުލޫމާތު ހޯދުމަށް ފުވައްމުލަކު ހޮސްޕިޓަލުން އަދިހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލައް ސިޓީ ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ކުރަމުން ދާ ކަމަށެވެ. އަދި ގެއްލިގެން ހޯދަމުންދަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.