ޓީޗަރުން ކުރާ މަސައްކަތަކީ ހަޤީގަތުގައި އަގު ކުރެވޭނެ މަސައްކަތެއް ނޫން: ޑރ. ޢައިޝަތު ޢަލީ

ޓީޗަރުން މިކުރާ މަސައްކަތަކީ ހަޤީގަތުގައި އަޅުގަނޑުމެންނަށް އަގު ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް ދެވޭ އުޖޫރައަކީ ރެސްޕޯންސިބިލިޓީއާއި ނުބައްދަލު އުޖޫރައެއް ކަމަށާއި އެހެންވީމަ މަސައްކަތް ކުރަނީ އެ ކުރާ މަސައްކަތުގެ ހައްޤު އަގު ދެވޭތޯ ކަމަށެވެ. އަދި މިހާރު މިއައި ހެޔޮ ބަދަލާއި އެއްކޮށް ރަނގަޅު އެއްޗެއް މުދަރިއްސުންނަށް އަބުރުވެރިކަމާއިއެކު ދިރިއުޅޭވޭނެ ވަރުގެ އެއްޗެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. ޢައިޝަތު ޢަލީ ވިދާޅުވީ ރައީސް އިސްނަންގަވައިގެން ވަރަށް ފަހުން ތައުލީމީ ދާއިރާގެ ދިރާސާއެއް ހައްދަވާފައިވާ ކަމަށާއި ދިރާސާއިން ދައްކާގޮތުން ތައުލީމީ ދާއިރާއަށް ނިކުންނަ އައު ކުދިން ފަސްޖެހެނީ ކުރާ މަސައްކަތާއި ލިބޭ މުސާރައާއި ނުބައްދަލު ކަމުންކަމަށެވެ.

"ނަމަވެސް ޓީޗަރުންގެ މުސާރައަށް އައި ހެޔޮ ބަދަލާއެކު ރަނގަޅު ކުދިން މިދާއިރާއަށް ގުޅޭނެ. އަދި މިހާރު ތިބި ރަނގަޅު މުދައްރިސުންވެސް އެހެން ވަޒީފާތަކަށް ނުދާނެކަމަށް އުންމީދުކުރަން." އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

2022 މެއި 1 ވަނަ ދުވަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާއެކީ ޓީޗަރުންގެ މުސާރަތައް 56 ޕަސެންޓު ބޮޑުވާނެއެވެ. އަދި ރޭންކް 1 ގެ ޕްރިންސިޕަލުންނަށް 82 އިންސައްތަ އަދި ރޭންކް 2 ގެ ޕްރިންސިޕަލުންނަށް 59 އިންސައްތައިގެ މުސާރައިގެ ކުރިއެރުމެއް އަންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.