ފޮރިން މިނިސްޓްރީގެ ދެ މަގާމަކަށް ދެ ބޭފުޅުން ހަމަޖައްސަވައިފި

ފޮރިން މިނިސްޓްރީގެ ދެ މަގާމަކަށް ދެ ބޭފުޅުން ހަމަޖައްސަވައިފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް މއ. އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު އަދި ފޮރިން ސެކްރެޓެރީގެ މަގާމަށް ހ. ސީވީޑް، އަޙްމަދު ލަޠީފު ވަނީ މިއަދު ހަމަޖައްސަވާފައެވެ.

ޢަބްދުލްޣަފޫރު މުޙައްމަދު އެ މަޤާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ. އަދި އަޙްމަދު ލަޠީފު އެމަޤާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުން ވަކިކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.