ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކޮށްފިއެވެ.
މިކަން އިޢުލާން ކުރެއްވީ ރައީސުލްުޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހެވެ.
އެމަނިކުފާނުގެ ވައުދުފުޅާއި އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކުރެއްވިކަން އިއުލާންކުރެއްވުމަށް މިއަދު ޤައުމާއި މުޚާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުން ތަޢުލީމަށް ބޮޑު ސަމާލުކަމެއް ދެނީ، ވިސްނުން ތޫނު ޢިލްމީ އުފެއްދުންތެރި ހެޔޮލަފާ ޖީލެއް ބިނާކުރުމަށްކަމަށެވެ. އަދި މިކަމުގައި ޓީޗަރުންނާއި ޓީޗަރުންގެ މަސައްކަތުގައި އެހީތެރިވެދެއްވާ އެންމެހައި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ސަރުކާރުން ފާހަގަކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.