އެމްޓީސީސީން ދެމުންދާ ބަސް ދަތުރުގެ ޚިދުމަތް ޢީދު ނަމާދު ވަގުތު މެދުކަނޑާލަނީ

Photo: mtcc.mv

އެމްޓީސީސީން ދެމުންދާ ބަހުގެ ޚިދުމަތް ޢީދު ނަމާދު ވަގުތު މެދުކަނޑާލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ގްރޭޓަރ މާލެ ސަރަހައްދުގައި ބަސް ރޫޓުތަކުގެ ޚިދުމަތް އީދު ނަމާދަށް މެދުކަނޑާލުމަށްފަހު އަލުން ފަށާނީ 08:30 ގައި ކަމަށެވެ.

ޢީދު ނަމާދު ވަގުތުގެ ކުރިން ބަހުގެ ޚިދުމަތް ލިބޭނެ ކަމަށާއި އެގޮތުން ހުޅުމާލެ ވެސްޓު ޕާކުން ހުޅުމާލެ ފޭސް 2 އަށް އަދި މާލެ ކާނިވާ ސަރަޙައްދުން ހުޅުމާލެ ފޭސް 2 އަށް ހެނދުނު 6 ޖަހާއިރު ދަތުރު ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން މާލެ ވެސްޓު ޕާކު ސަރަހައްދުން އެއަރޕޯޓަށް ހެނދުނު 6:40 އަދި ހުޅުމާލެ ފޭސް 2 އިން ހުޅުމާލެ ފޭސް 1 އަށް ހެނދުނު 6:15 -6:00، 6:15 -6:45 ގައި ބަސް ދަތުރު ކުރާއިރު، ހުޅުމާލެ ފެސް 2 އިން މާލެ ވެސްޓު ޕާކު ސަރަހައްދަށް ހެނދުނު 6:00 ގައި ބަސް ދަތުރު ކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ގްރޭޓަރ މާލޭ ސަރަހައްދުގެ ބަސް ދަތުރުތައް ޢީދު ނަމާދު ވަގުތު މެދުކަނޑާލިޔަސް އެއަރޕޯޓު ރޫޓުގެ ބަސް ދަތުރުތައް މެދުކެނޑުމަކާއި ނުލައި ކުރިއަށް ދާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.