ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ ފ. މަޝްރޫ އަލުން ގެންނާނަން- އާރިފް

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވައި ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި ނަމަ ސައުދީ އަރަބިއްޔާއިން ފ. އަތޮޅުގައި ކުރިޔަށް ގެންދަން އުޅުނު މަޝްރޫއުގެ ކަންތައް އަލުން ހިނގައިގަނެ އެ މަޝްރޫއު ކުރިޔަށް ގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރުމާލު ދޭއް ޖަގަހައިގައި ރޭ އޮތް ޖަލްސާއެއްގައި އާރިފް ވިދާޅުވީ ފ. އަތޮޅުގައި ސައުދީން ކުރިޔަށް ގެންދަން އުޅުނު މަޝްރޫއު ހަގީގަތުގައި އަދިވެސް ނުހުއްޓޭ ކަމަށެވެ. އާރިފް ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ވެއްޖެނަމަ ކުރެވެން ހުރިހާ މަސައްކަތެއްކޮށް، ސައުދީން ފ. އަތޮޅުގައި ހިންގަން ރޭވި މަޝްރޫއު އަނބުރައި ގެންނާނެ ކަމަށެވެ.

ފ. އަތޮޅު މަޝްރޫއު ނުހުއްޓޭ ކަމަށް ރޭ އާރިފް ވިދާޅުވިއިރު ރައީސް އަބްދުﷲ ޔާމީން ދާދި ފަހުން ވިދާޅުވެފައި ވަނީ ފ. އަތޮޅު މަޝްރޫއު "ހުއްޓުނީ" އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށެވެ. ފ. އަތޮޅުގައި ސައުދީ އަރަބިއްޔާއިން ހިންގަން އުޅުނު މަޝްރޫއު ކުރިޔަށް ގެންދިޔުމާ ދެކޮޅަށް އިދިކޮޅު އިއްތިހާދުން އަޑު އުފުލުމާއެކު އެ މަޝްރޫއު މަޑު ޖެހިގެން ދިޔަނަމަވެސް އެ މަޝްރޫގެ ތަފްސީލު ދެގައުމުގެ ސަރުކާރުން ދީފައެއް ނުވެއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.